އުދައެރުން އަހަރުން އަހަރަށް އިތުރުވެއްޖެ، ގިނައިން އުދައަރަނީ ރާއްޖެއާ ދުރުން އަންނަ ބާނިން
ރާއްޖެއަށް އުދައެރުން އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށާއި ގިނައިން އުދައަރަނީ ރާއްޖެއިން ބޭރުން އަންނަ ބާނީގެ ސަބަބުން ކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ރާއްޖެއަށް އުދަ އަރަނީ ދެ ގޮތަކަށް ކަމަށެވެ. އެއީ، ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށާއި އިންޑިއާ ކަނޑުން ރައްޖެއާ ދުރު ހިސާބުތަކުން އަންނަ ބާނީގެ ސަބަބުން ކަމަށެވެ. ބާނީގެ ސަބަބުން އުދަ އަރަނީ ބާނީގެ ވޭވް ޕީރިއަޑް މަތިވެ، އިތުރު ގިނަ ކަންކަމެއް އޭގައި އެކުލެވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ އުދަ އެރުމުގެ ހާދިސާތަކަށް ބަލާއިރު މި ދެންނެވިހެން ދުރު ހިސާބުތަކުން އަންނަ ބާނިން ބޮޑަށް އުދަ އަރާފައި މިވަނީ. އާންމުކޮށް ވައި މަޑު ދުވަސްދުވަހު ވެސް އެބަ އުދައަރާ،އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު އޭނާ ވިދާޅުވީ، އަހަރުން އަހަރަށް އުދަ އެރުމުގެ ހާދިސާތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ކަމަށް ސަމާލުކަން ދިނުމަށް ވަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ. ޖުލައި 21، 2024: ސިނަމާލެ ބުރިޖަށް އުދަ އަރާފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް މެޓް އޮފީހުގެ މަސައްކަތްތަކަށް އަލި އަޅުވައިލައި އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކު މޫސުން ލަފާކުރާއިރު އިންޑިއާ ސަރަހައްދުގެ ރާޅު ހުންނަގޮތް ބަލައި އުދަ އެރުމުގެ ފުރުސަތުތައް ދިރާސާކުރާކަމަށެވެ. ރާޅުގެ އުސްމިނާއި ވޭވް ޕީރިއަޑް، ރާޅުގެ މެދުގައި ހުންނަ ދުރުމިނާ މި ކަހަލަ ވަރަށް ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެން ނަގާނެ. އަޅުގަނޑުމެން ބަލާނެ އުދަ އެރުމުގެ ފުރުސަތުތައް އޮތްތޯ، އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު މި މައުލޫމާތުތަކަށް ބަލައި، އުދަ އެރުމުގެ ފުރުސަތު އޮތްނަމަ، އެލާޓުތައް ނެރޭކަން އޭނާ ފާހަގަކުރެއްވިއެވެ. ވަހީދު ވިދާޅުވީ، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި, ވަޔާއި ކަނޑު ގަދަވުމުގެ ސަބަބުން ރާޅު އުފެދި ކޮންމެ ވެސް ވަރަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު އެހާ ބޮޑަށް އެހާ ސިވިއާކޮށް ރަށުތެރެއަށް ލޮނުގަނޑު ދާވަރަށް އުދައެރުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރަން، އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރައި ވަރަށް ބޮޑެތި ގެއްލުންތައް މީގެ ކުރިން ލިބިފައި އެބަހުއްޓެވެ. މިހާރު ރާއްޖެއަށް ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގުމޫސުމުގައި އާންމުކޮށް ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވެއެވެ. ދެކުނުގެ އަތޮޅުތަކަށް މިދިޔަ މަހު ހަތެއްގައި ހުޅަނގު މޫސުން ފެށުނުއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިދިޔަ މަހު 12ގައެވެ. އަދި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ