ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ.
ބ. ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހުސައިން އަވަހާރަވިއިރު، ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
އޭނާގެ ރައްޓެއްސަކު ބުނީ، އިއްޔެ ވެސް އޮފީހަށް ވަޑައިގެންނެވި ކަމަށާއި އަވަހާރަވީ، ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ރޭ ގެންދަވައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ހުސައިން އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގަ އެވެ. ނަމަވެސް އާލާސްކަންފުޅާ ގުޅިގެން، ސްކައުޓް ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިނުގަންނަވާތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ވެ އެވެ.
ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ