ހިތަދޫ ދެކުނު ދާއިރާގެ މަޖްލީސް މެމްބަރު މުހައްމަދު ނިޒާރު މި ފަހަރު ބާއްވާ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުން ފެއިލްކޮށް ބާކީ ކޮށްލަން އެމްޑީޕީތެރެއިން ބައެއް މީހުން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ހިތަދޫގެ އެމްޑީޕީގެ ކަންކަން ރަނގަޅަށް އެނގޭ މީހަކު ބުނިގޮތުގައި، އެމްޑީޕީގެ ތެރެއިން ވަކި ބަޔަކު ބޭނުންވަނީ މިފަހަރު ނިޒާރަށް ޕާރޓީ ޓިކެޓު ނުދީ، އެ ގޮނޑި، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު ހިސާން ހުސެއިންގެ ފިރިމީހާ ނާޒިލްއަށް ދިނުމަށެވެ. މިފަހަރު ބާޢްވާ އެމްޑީޕީގެ ޕްރައިމެރީގައި ނާޒިލުވެސް ވަނީ ވާދަ ކުރާނެކަން އިއުލާންކޮށްފައެވެ.
އަދި ހަބަރު ލިބޭގޮތުގައި، މެމްބަރު ނިޒާރަށް ރައީސް ނަޝީދުގެ ތާއީދުވެސް މިފަހަރު ނެތެއެވެ. ފާޅުގައި އެއްވެސް ބޭފުޅަކަށް އެންޑޯޒް ނުކުރަން ރައީސް ނަޝީދު ނިންމަވާފައި ވިޔަސް، ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ ދާއިރާއަށް ނާޒިލް ހޮވަންކަން ވަރަށް ގިނަ މީހުންނަށް އެނގެއެވެ.
މެމްބަރު ނިޒާރުއާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންނާއި އައްޑޫ އެމްޑީޕީ ލީޑާރޝިޕްގެ ބައެއް ބޭފުޅުން ހިމެނެއެވެ.
ގުޅޭޚަބަރުތައް
ކުރީގެ ޖޭއެސްސީ މެމްބަރު ވެލެޒިނީ ހައްޔަރުކޮށްފިކުރީގެ ޖޭއެސްސީ މެމްބަރު އައިޝަތު ވެލެޒިނީ ހައްޔަރުކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވެލެޒިނީ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ…
ދިއްދޫގައި ރައީސް ނަޝީދު އެމްޑީޕީގެ އޮފީހެއް ހުޅުވައިދެއްވައިފިކުރީގެ ރައީސް ނަޝީދު، ހއ.ދިއްދޫގައި މިއަދު އެމްޑީޕީގެ އޮފީހެއް ހުޅުވައިދެއްވައިފިއެވެ. ރައީސް ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި،…
ކުރީގެ ޖޭއެސްސީގެ މެމްބަރު ވެލެޒިނީ ރާއްޖެ އަތުވެއްޖެކުރީގެ ޖޭއެސްސީ މެމްބަރު އައިޝަތު ވެލެޒިނީ މިއަދު ހެނދުނު ރާއްޖެއަތުވެއްޖެއެވެ. ވެލެޒިނީ އަކީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ…
އެމްޑީޕީގެ އެތެރެއިން މެމްބަރު ނިޒާރު ފެއިލްކޮށްލަން އުޅޭކަމުގެ ތުހުމަތުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ