ގާސިމް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ޖަރުމަނު ވިލާތުގައި ހުންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް މިރޭ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އެކު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިނިވަންވުމަށްފަހު މިރޭ ވީޓީވީ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ﷲ އިރާދަފުޅާއެކު އަންނަ ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނާއި އެކު ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް އަދި މިހާރު ގާސިމް އިބްރާހިމްގެ ސިޔާސީ މުޝީރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ޖުމްހުރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ.
އަލީ ވަހީދު އާއި ޑރ. ޖަމީލް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދައިވައިގެން އެގައުމުގައެވެ.'
ގާސިމް ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށް އުޅުއްވަނީ ޖަރުމަނު ވިލާތުގައެވެ.
ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ