ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަންކޮށްފިއެވެ.
ގާސިމްގެ އެޑްވައިޒަރަކަށް އަބްދުﷲ ރިޔާޒް އައްޔަންކުރީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ކަމަށް އެ ޕާޓީން ބުނެއެވެ.
ޖޭޕީން ބުނީ އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކީ ޕާޓީ ތަރައްގީކޮށް ކުރިއެރުވުމުގަޔާއި، ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ އަދި މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައި ހިމެނޭ ޝަރަފްވެރި އިއްޒަތްތެރިއެއް ކަމަށެވެ.
ދާދި ފަހުން އަބްދުﷲ ރިޔާޒް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވައިފައެވެ. އޭނާއަށް ޖަލު ހުކުމެއް އައިސްފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެގެންނެވެ.
އެ ހުކުމުގެ މުއްދަތު ހަމަވުމަށްފަހު ވެސް ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އަބްދުﷲ ރިޔާޒް، މިނިވަންކޮށްފައެއް ނުވެއެވެ. އޭނާ މިނިވަންކޮށްދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުންނެވެ.
ގާސިމްގެ އެޑްވައިޒަރަކަށް އަބްދުﷲ ރިޔާޒް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ