ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން އަމުރު ނެރުނު މައްސަލާގައި ޖަލަށްލާފައިވާ މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން ކަފާލާތުގެ ދަށުން މިނިވަން ކުރުމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
ނިހާންގެ އިސްތިއުނާފު މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެހެން ބުނެފައިވަނީ މިއަދު ބޭއްވި އިސްތިއުނާފު އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް ނިހާންގެ ފަރާތުން އެދުމުން ދައުލަތުން ވަނީ ނިހާނަކީ ޓެރަރިޒަމްގެ މައްސަލާގައި ޖަލަށްލާފައިވާ މީހެއްކަން ފާހަގަކޮށް ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.
ނިހާން 17 އަހަރަށް ޖަލަށްލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާގައެވެ.
ކަފާލާތުގެ ދަށުން ގާޒީ ނިހާން ދޫކޮށްލުމާ މެދު މިއަދު ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ