މޫސުން ގޯސް، ދަތުރުވެރިން ސަމާލުވޭ

މެދުތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން އިރުއޮއްސި 6:00 އިން ފެށިގެން މިރޭ 11:00 އާ ހަަމަށް އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަށް ވައިޓް އެލާޓެއް ވެސް ނެރިފައިވާ ކަމަށެވެ. އަދި މި އެލާޓް ނެރިފައި ވަނީ ބޯކޮށް ވާރެވޭހޭނެ ކަމަށް ލަފާ ކުރުމުގެ އިތުރުން ވިލާ ގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައްބަލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަަމަށެެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި. އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ