ޑުރަގުގެ ބޮޑު އޮޕަރޭޝަން: ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދި

މުޅި ރާއްޖެއަށް އަމާޒުކޮށް، ފަހުގެ ތާރީޚެއްގައި ޑުރަގާ ދެކޮޅަށް ފުލުހުން ފެށި އެންމެ ބޮޑު އޮޕަރޭޝަން "އަލިމަގުގައި" ލައްކައަކަކަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފަސް ސަތޭކަ ފުލުހުން ބައިވެރިވެގެން އެ އޮޕަރޭޝަން ފެށީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށެވެ. މި މަހު އެކެއްގައި ފެށި، އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ވަނީ، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޗީޕް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، އެ އޮޕަރޭޝަނުގައި ޖުމުލަ 110 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޑުރަގަށް ޕޮޒިޓިވްވި ކަމަށެވެ. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް އެ މީހުންގެ ތެރެއިން ބަންދާ މެދޮ ގޮތެއް ނިންމަން 38 މީހަކު ކޯޓަށް ހާޒިރުކުރި ކަމަށް ނާއިފް ވިދާޅުވިއެވެ. އޭގެތެރެއިން، ބަންދުގައި މިހާރު ތިބީ ބައެއް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ޖުމުލަ 188،959 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/214412 ނާއިފް ވިދާޅުވީ، އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރުމަށް ފަހު، ދޫކުރީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތްތަކަށް ނުފެތޭ މީހުން ކަމަށެވެ. ނަމަވެސް، އެ މީހުންގެ ތެރޭގައި ވެސް މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރުމުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ހިމެނޭ ކަމަށް ނާއިފް ވިދާޅުވިއެވެ. މިހާރު ބަންދުގައި ތިބީ، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮވެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މީހުން ކަން އޭނާ ފާހަގަކުރެއްވިއެވެ. ފުލުހުން ވަނީ، މި އޮޕަރޭޝަންގެ އިތުރު ފިޔަވަހިތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ