ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ވަން އެންޑް އޮންލީ ރީތި ރަށާއި ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސް އިން ތިން ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ދެ ވަނަ ބުރުގައި އިއްޔެ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވަން އެންޑް އޮންލީން މޮޅުވީ ކޮކޯ ބޮޑު ހިތިއާ ވާދަކޮށް 5-1 އިންނެވެ. އަނެއް މެޗުގައި ޖުމެއިރާ އޮޅަހާލިން ވަނީ ފޯރިގަދަ މެޗަކަށް ފަހު ބަރޮސް މޯލްޑިވްސް އަތުން 6-5 އިން މޮޅުވެފަ އެވެ.
ރީތި ރަށުގެ ލަނޑުތައް ޖެހީ، ރިޝްވާން އިބްރާހިމް ރަޝީދު ދެ ގޯލާއި ގާއިދު ގާސިމް، މުހައްމަދު ނާފިއު އަދި އަލީ ޒަކީ ގޯލެކެވެ. ކޮކޯ ބޮޑު ހިތީގެ ލަނޑު ޖެހީ އަލްވީ ހުސެއިނެވެ.
އިއްޔެގެ މެޗުގައި، ޖުމެއިރާ އޮޅަހާލިގެ ލަނޑުތައް ޖެހީ، ގާލިހު ޕްރަތަމާ ދެ ގޯލާއި މުހައްމަދު އިޝާން، އަހުމަދު ތޯއިފް، އަހުމަދު ސުމާދު އަދި އަހުމަދު ޒާހިދު ގޯލެކެވެ. ބަރޮސްގެ ލަނޑުތައް ޖެހީ، އިބްރާހިމް އައިހަމް ވައްހާބު އާއިި ހަސަން ސަލީމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު ނާހިލް ގޯލެކެވެ.
ދެ ވަނަ ބުރުގެ ފަހު މެޗުތަކުގައި، މިއަދު، އޯގާ އިން ކުޅޭނީ ވަރުއާ އެވެ. އަދި، ބަނޑޮހުން ބައްދަލުކުރާނީ އޮބްލު އެކްސްޕީރިއަންސްއާ އެވެ.
ރިސޯޓް ލީގު: ވަން އެންޑް އޮންލީ އާއި ޖުމެއިރާ އޮޅަހާލި ތިން ވަނަ ބުރަށް ރިސޯޓް ލީގު: ވަން އެންޑް އޮންލީ އާއި ޖުމެއިރާ އޮޅަހާލި ތިން ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ