ދުއްވަމުން ދިޔަ ކާރެއްގައި ވަރަށް ބޮޑަށް ރޯވެ ނުރައްކާތެރި ހާދިސާއެއް

އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ވަރަށް ބޮޑަށް ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގެ ރިޕޯޓް މިރޭ 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކާރުގައި ރޯވެފައި 
މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 11:11 ހާއިރުއެވެ. ކާރު ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ސިފައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ