އޯޕަން ޕްރިޒަން އައިލެންޑަށް ޖަލު އޮފިސަރުން ހޯދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޖަލު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ކަރެކްޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޕަބްލިކް ރޭންކިން 3ގެ މަގާމަށް ދާއިމީ އޮފިސަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 6،050ރ. ކަމަށާއި އެލަވަންސްގެ ގޮތުގައި 5،555ރ. ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
2026 ވަނައަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި ޤައިދީންނަށް ޚާއްޞަ ކޮށްގެން ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އޯޕަން ޕްރިޒަން އައިލެންޑަކީ، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި އެރަށުގައި ޤައިދީންނަށް ދިރިއުޅެވި މަސައްކަތްތައް ކުރެވޭ ގޮތަށް ރިހެބިލިޓޭޝަނަށް އަމާޒު ކޮށްގެން ރަށެއް ތަރައްޤީ ކުރެވޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ