ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: އެންމެ މޮޅު އެތުލީޓުންނަށް އައުހާއާއި ހަމްދު
ނޭޝަނަލް ޖޫނިއާ އެތުލެޓީކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް ޖަމާލުއްދީން ސްކޫލުގެ ހަމްދު ހުސައިން އަލީއާއި ޝަރީފު ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއް ރަހުމާން ހޯދައިފިއެވެ. ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި މުބާރާތުން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނު ހަމްދު ވަނީ، 100 މީޓަރާއި 200 މިޓަރު އަދި ޓްރިޕަލް ޖަންޕުން ރަންމެޑަލް ހޯދާފައެވެ. އަދި، 100 މިޓަރާއި ޓްރިޕަލް ޖަމްޕުން މީޓް ރިކޯޑް ހަދާފައެވެ. އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު އައުހާ ވަނީ، 100 މީޓަރާއި 200 މީޓަރު ދުވުމާއި އުސް ފުއްމުމުން ރަންމެޑަލް ހޯދާފައެވެ. އަދި، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން މީޓް ރިކޯޑް ހަދާފައެވެ. މިފަދަ މުބާރާތެއްގައި ހަމްދު ފުރަތަމަ ފަހަރަށް އެއްވަނަ އެތްލީޓްގެ މަޤާމު ހޯދި ނަމަވެސް އައުހާ ވަނީ މީގެ ކުރިން މިފަދަ މުބާރާތްތަކެއްގައި އެއްވަނަ އެޓްލީޓްގެ މަޤާމު ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ