ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ބިލު މަޖިލީހުން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިހުތިޔާރު ދީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ފާސްކޮށްފި އެވެ.މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައިގަނޑު ހަތް އިސްލާހެއް ވަނީ ގެނެސްފަ އެވެ. މާ ބޮޑެތި އިސްލާހުތަކެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަގުޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން، މިހާރު ބިލުގައި އޮންނާނީ، ގަރާރު ފާސްކުރާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.އަދި، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ކަރުދާސް ބަހާ ގޮތް ހެދުމާއި، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ އާންމުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީހާ ދެމެދު 45 ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރުން ވެސް ހިމެނެ އެވެ.އަދި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އިންތިހާބަށް ހަރަދުވާނެ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު' ސަރުކާރުގެ ފަރާތުން މަޖިލީހަށް މިދިޔަ ޖުލައިގައި ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ވޯޓުންނެވެ.ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ މަނިކުފާނު ވިސްނަވާ ބައެއް ކަންކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ. އެ ކަންކަމަކީ: ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުންޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުންރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުންވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ