ރާއްޖޭގެ ބޮޑީބޯޑިންގެ އަރަމުން އަންނަ ޖެނެރޭޝަނުގައި ތިބި ބޮޑީބޯޑަރުން ވަރުގަދަކޮށް ފެންނާތީވެ، ވަރަށް ހިތްހަމަޖެހޭ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަންގެ ފައިނަލް ހީޓަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ކުޑަ އައްޔަ ބުނީ، ބޮޑީބޯޑިންގައި އަރަމުން އަންނަ ޖެނެރޭޝަނުގައި ވަރަށް ހުނަރުވެރި ކުދިން ފެންނަމުން އަންނަ ކަމަށެެވެ.
އެ ގޮތުން، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ މެންސް އޯޕަންގެ ފައިނަލަށް ދިޔަ ށ. ކަނޑިތީމުގެ އަބްދުލް އަހަދު، މި ލެވަލްގެ ފުރަތަމަ މުބާރާތުގައި ވާދަކޮށް ހޯދި ކުރިއެރުން ކުޑަ އައްޔަ ވަނީ ފާހަގަކޮށްފަ އެވެ.
ކުޑަ އައްޔަ، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖުގެ އިވެންޓެއްގެ ތެރެއިން ވާދަކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މީގެ އިތުރުން، ކުޑަ އައްޔަ ވަނީ ނ. ޅޮހީގައި ވެސް ވަރަށް ހުނަރުވެރި ބޮޑީބޯޑަރުން ތިބި ކަމަށް ބުނެފަ އެވެ.
"މީގެއިން ވެސް މި އެނގެނީ ރާޅާ އަޅާ ކޮމިއުނިޓީ ކުރިއަށްދާކަށް އައްޔަ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ހަމަ، ޖޫނިއާ ކުދިން މީގަ ރަނގަޅު ފައިޓެއް ދޭތަން، މިހާރު ވެސް އެ ފެންނަނީ، އިޔަން މެން ކަހަލަ ކުދިން، ޖޫނިއާ އިން އެހަރަ އަރަނީ، މެންސް ހަމަ ވަރަށް ގަދަ މީހުންނާ އެކު ރާޅާއަޅައި އެއް ވަނަ މި ނަގަނީ ހީޓުން އެހެންވީމަ ވަރަށް އުފާވޭ އެ ޖެނެރޭޝަން އެހާ ގަދަވާތީ،" އައްޔަ ބުންޏެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ފައިނަލުގައި ކުޑަ އައްޔަ ނުކުންނަން ޖެހުނީ 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގެ މެންސް އޯޕަން ފައިނަލުގައި އޭނާއާ ދެކޮޅަށް ނުކުތް، ޏ. ފުވައްމުލަކު އަޝްރަފް ހަސަންއާ ދެކޮޅަށެވެ. އެއް އަަހަރު ކުރިން އޮތް ބުރު ޝިކާރުގެ އެ ފައިނަލުގައި އަޝްރަފް ހޯދި މޮޅާ އެކު، އޭނާ ވެފައިވަނީ، 10 އަހަރު ތެރޭ ފައިނަލެއްގައި ކުޑަ އައްޔަ ބަލިކުރި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ.
އަޝްރަފް (ކ) އާއި ކުޑަ އައްޔަ ފައިނަލް ހީޓަށް ފަހު ސަލާމްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މި ފަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ފައިނަލުގައި، އަޝްރަފް މޮޅުވީ، 2.23 ޕޮއިންޓުގެ ފަރަގުންނެވެ. މި ފަހަރުގެ މުބާރާތުގައި އެވްރެޖްކޮށް ރަނގަޅު ސްކޯތަކެއް ނެރެމުން އަންނަ އަޝްރަފް ފައިނަލުގައި 13.00 ޕޮއިންޓް ސްކޯކުރީ އެންމެ ރަނގަޅު ދެ ރާޅުގައި، 6.83 ޕޮއިންޓާއި 6.17 ޕޮއިންޓް ސްކޯކޮށްގެންނެވެ. ކުޑަ އައްޔަގެ ޖުމްލަ ޕޮއިންޓުގެ އަދަދަކީ، 10.77 ޕޮއިންޓެވެ. އައްޔަގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯތަަކަކީ، 5.67 ޕޮއިންޓާއި 5.10 ޕޮއިންޓް އެވެ.
ކުޑަ އައްޔަ ބުނީ، ފައިނަލް ހީޓު ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށާއި ބަލިވުމަކީ ފައިނަލުގައި ހީނުކޮށް އޮތް ކަމެއް ނަމަވެސް އަޝްރަފް ވަރަށް މަސައްކަތް ކުރި ކަމަށެވެ.
"އެކަމަކު ވެސް މީގަ ވަރަށް ބައިވަރު ބަދަލުތަކެއް އެބަ އާދޭ، މީގަ ގައުމީ ޓީމު ބަދަލުވެގެންދޭ އެބަ، މި ވަރަށް ފޯރިގަދަ، މި ކަހަލަ ކޮންޑިޝަނެއްގައި އަސްލު މި މެނުއަލްސްތައް ހަދާލަން ވެސް އައި ޓްރައިޑް މައި ބެސްޓް ހަމަ، ކޮމްބިނޭޝަންގެ މެނުއަލްސްތަކެއް ހަދާފައި. އެކަމު އަންފޯޗުނެޓްލީ އަޝްރަފް ހީ ވޮން، އަޝްރަފް ވެސް ވަރަށް މަސައްކަތްކުރި، އެހެންވީމަ ވަރަށް އުފާވެފައި މި ހުރީ މުބާރާތުން ދެ ވަނަ ލިބުނީމަ ވެސް އަދިވެސް ކުރިއަށް އޮތްތާގައި އަދިވެސް ރަނގަޅު ފައިޓެއް ދޭނަން،" ކުޑަ އައްޔަ ބުންޏެވެ.
ކުޑަ އައްޔަ އަށް މި ފަހަރުގެ މުބާރާތުގައި ދެން އޮތީ މިއަދު ކުރިއަށްދާ ޑްރޮޕްނީ ކެޓަގަރީ އެވެ. އެ ކެޓަގަަރީގެ ސެމީ ފައިނަލުގެ ހީޓު އެކެއްގައި ކުޑަ އައްޔަ ނުކުންނާނީ ދާއޫދު ފަޒީހުއާ ދެކޮޅަށެވެ.
މިއަދު ދެން ކުރިއަށްދާނީ މާސްޓާސް ޑިވިޝަނުގެ ހީޓުތަކެވެ.
ބޮޑީބޯޑިންގެ އާ ޖެނެރޭޝަން ވަރުގަދަކޮށް ފެންނާތީ ކުޑަ އައްޔަ އުފަލުން ބޮޑީބޯޑިންގެ އާ ޖެނެރޭޝަން ވަރުގަދަކޮށް ފެންނާތީ ކުޑަ އައްޔަ އުފަލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ