ބުއްދިއަށް ޤަބޫލުކުރަން އުނދަގޫ އެޔައް ކަމެއް މިހާރުވެސް އެބަ ހިނގައެވެ. އެއީ އިއްތިފާޤަކުން ހިނގާ ކަންކަން ކަމަށް ބުނާ ބުނުމަކީ ތެދެއްތޯ؟
މިފަދަ ސުވާލުތައް ކުރާ މީހުންނަށް ބުނެލަން އޮތީ ﷲ ތަޢާލާގެ ކުލަދުންވަންތަކަމާއި މީސްތަކުންނަށް ލައްވަވާ ރަޙްމަތާއިމެދު ވިސްނާނަމަ ޢަޤީދާ ވަރުގަދަވާނެއެވެ. އަދި ޝުކުރުވެރިވާން މަސައްކަތްވެސް ކުރާނެއެވެ. ނަމަވެސް އެކަންކަން މިއަދު މިފެންނަނީ ވަރަށް މަދުންނެވެ.
މިޘާލަކަށް އެތައް ބައަކު ދަތުރުކުރާ ބަހެއް އެކްސިޑެންޓްވެދާނެއެވެ. އެންމެ ބޮޑަށް އަނިޔާލިބެންޖެހޭނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ތިބޭ އެތައް ބައެއްގެ ތެރެއިން އެކަކު ނުވަތަ ބައަކު އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެދާނެއެވެ. އެތައް ބައަކު މަރުވާއިރު ކުދިކުދި އަނިޔާތައް ލިބުނަސް ނުރައްކަލެއް ކުރިމަތިނުވާ އެތައް ބައަކުވެސް އުޅެއެވެ.
މިހިރަ ކަންކަމަކީ އިއްތިފާޤަކުން ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. މިހުރީ އެއަށްވުރެ މާބޮޑެތި މައްސަލަތަކެވެ. މާބޮޑެތި ކަންކަމެވެ. ޢިބްރަތް ޙާޞިލްވާނީވެސް ފައިދާކުރާނީވެސް ވިސްނައި ފިކުރުކުރާ މީހަކަށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އުމުރުން 5 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގޭގެ ކާރުގަރާޖުގެ ރިމޯޓުން ދޮރުހުޅުވައިގެން ވަދުފައި ނުކުންނަން އުޅުމުގެ ތެރޭގައި ދޮރު ލެއްޕި ދޮރުފަތާއި ދޮރާ ދޭތެރޭގައި ތާށިވިއެވެ. މަންމައަށް ފެނުނީ ހޭނެތިފައި ހުއްޓައެވެ.
އަވަސް އަވަހަށް ދޮރުހުޅުވައި ކުއްޖާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިއައިއރުވެސް އޮތީ ހޭނެތިފައެވެ. ހޭއެރީ 3 ދުވަސްފަހުންނެވެ. ޑޮކްޓަރުންނަށް ލިބުނު އެންމެ ބޮޑު ޙައިރާންކަމަކީ ދޮރުފިތޭނެ ބާރުމިނުގައި ދޮރު ފިތިފައި އެހައިގިނައިރު ވުމުންވެސް އެތެރެހަށްޓަށް އެއްވެސް ގެއްލުމެއް ލިފިފައިނުވާތީއެވެ. މޭކަށިތައް ބިންދައިގެންދާންޖެހޭނެއިރު އެންމެ ރެނދެއްވެސް ލާފައި ނެތުމުންނެވެ.
ކޮންމެއަކަސް ހޭއަރައި ވާހަކަދައްކަން ފެށުމުން ކުއްޖާ މަންމައަށ ކިޔައިދިނެވެ. "އަހަރެން ސަލާމަތްކުރީ ކޮންބައެއްކަން އެނގޭހެއްޔެވެ؟ އެމީހުން އައީ އުދުހިފައެވެ. ތިބީ ހުދުހެދުމުގައެވެ. އެމީހުން ދޮރުފަތް ހިފެހެއްޓީއެވެ. އެހެން ނޫންނަމަ ކޮއްކޮ ޗިސްވާނެއެވެ. އެތަން ބަލަންހުއްޓާ ކޮއްކޮއަށް ނިދިފައި މިހޭލެވުނީއެވެ. ކޮއްކައަކަށް ތަދެއްވެސް ނުވެއެވެ."
ކުއްޖާގެ މިވާހަކަތައް އަޑުއިވުމުން އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އުފެދުނީ ތަފާތު ސުވާލުތަކެކެވެ. ކުއްޖާ އެދައްކަނީ އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކަހެއްޔެވެ؟ ނޫނީ ސިކުނޑިއަށް ގެއްލުމެއް ލިބިގެން މޮޔަވާހަކަ ދައްކަނީ ހެއްޔެވެ؟
އެއިން ގޮތެއްވެސް ޤަބޫލުކުރެވޭކަށް ނެތެވެ. ޓެސްޓްތަކުން ދައްކަނީ ސިކުނޑީގެ މަސައްކަތް ފުރިހަމަ ކަމަށެވެ. ހަނދާނަކަށްވެސް ގޮތެއްވެފައެއް ނެތެވެ. ދެން މިހިސާބުން އުފެދޭ ސުވާލަކީ ކުއްޖާ އެދައްކަނީ މަލާއިކަތުން ނުވަތަ ރޫހާނީ ބާރަކުން އޭނާ ސަލާމަތްކުރި ވާހަކަހެއްޔެވެ؟
އެގޮތަށް ބުރަވެވިދާނެއެވެ. ސަބަބަކީ އޮޓޮމެޓިކް ދޮރެއްގައި ފިތި ތާށިވެފައި އެހާ ގިނައިރު ހުރުމުންވެސް އެތެރެހަށްޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުންނެވެ. މޫނު ދޮރުން ބޭރަށް އެނބުރި މޫނާއެކު ފިތުމުންވެސް ކޯކަށިގަނޑަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުންނެވެ.
ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!
--އިބްރާހީމް ޝިރްފް / އާޒަރުބައިޖާން
ބޮޑު ދަގަނޑު ދޮރެއްގެ ދަށުގައި ފިތުނު ކުއްޖަކު އާދައާ ޚިލާފް ގޮތަކަށް ސަލާމަތްވުން- އެދޮރުފަތް ތިރިވެ ބޮލާއެކު ފިތި އެތައް އިރެއްވީއިރުވެސް އެއްވެސް އަނިޔާއެއް ނުވީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ