އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލުގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.
ރައުދު ހައްޔަރު ކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން 10 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 20 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ފުލުހުން އެންމެ ފުރަތަމަ ބުނި ގޮތުގައި ރައުދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭތީއެވެ. ނަމަވެސް ރައުދު ހައްޔަރު ކުރަން ފުލުހުން ކޯޓަށް ހުށަހެޅި ތުހުމަތުތަކުގައި އެހާދިސާގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
Advertisement
އަދި ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރެވޭއިރު އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ފުލުހުން ވަނީ ކޮށްފައެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގުމާއި ހަމައަށް ރައުދު އުޅުނީ އޭނާއާ އެކު އެވެ. އެ ހާދިސާގައި އެ އަންހެން މީހާއަށް ވަރަށް އަނިޔާވި އެވެ. މިހާރު ދަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންނާއެކު އުޅުނު އިތުރު ހަތް މީހެއްގެ ފޯނު ހިފަހައްޓާ ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރައުދުގެ ބަންދަށް 20 ދުވަސް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ