އަނބިމީހާ ފެނުމުން ނުވަތަ އަނބިމީހާއަށް ފިރިމީހާ ފެންނަތަނުން ރުޅިޢާދެވޭނަމަ އެއީ ކުޑަކަމެއް ކަމަށް ހީނުކުރާށެވެ! އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ! މިމަގުން ޢަމަލުކުރީމާ ސަލާމަތްވާނެއެވެ. އިން ޝާ ﷲ
ޝައިޚުގެ ބަސްފުޅު:
ގިނަ ބައަކަށް ކުރިމަތިވާ ވަރަށް ބޮޑު ކަމެއް ފާހަގަކޮށްލާނަމެވެ. ގެއަށް ވަންނަތަނުން ބައިވެރިޔާގެ ކޮންމެވެސް ކުށެއް ވިސްނައިދީގެން ރުޅިގަދަކުރުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. އަނބިމީހާ ގިނަ ކަންކަން ކޮށްފައި ހުރިނަމަވެސް ނުކުރެވި އޮތް އެންމެ ކަމެއް ފެންނައިރަށް އެއީ އިންތިހާއަށް ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެހެންވެގެންނެވެ.
އެވަޤުތު ނަމާދުގައި ޝައިޠޯނާ ފައްސާލަން ޢަމަލުކުރާ ފަދައިން ޢަމަލުކުރާށެވެ. އަވަހަށް އަޢޫޛް ކިޔާށެވެ! ވައަތްފަރާތަށް ހިކިކޮށް 3 ފަހަރު ކުޅު ބުރުއްސައިލާށެވެ. އޭތި ބިރުން ފިލާނެއެވެ. ދެން ގޮސް ވަރަށް ލޯބިން ބައިވެރިޔާ އާއި މުޚާޠަބްކުރާށެވެ!
އެތަން ބަލަން އޭތި ހުންނާނެއެވެ. ޖަހަން އުޅުނު ދަންތުރަ ކާމިޔާބުނުވެ ބެދުނީ ޝައިޠޯނާކަން ވިސްނޭނެއެވެ. އިސާހިތަކު ބައިވެރިޔާގެ ކުށް ދެއްކުން ޝައިޠޯނާ ހުއްޓައިލާނެއެވެ. ދެމަފިރިންނަށް އެކަމުގެ އުފާވެރިކަން ލިބޭނެއެވެ.
އަހަރެމެންނަށް ހޯދޭނެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދެމަފިރިންގެ މެދުގައި ލޯބިވަރުގަދަކުރުމެވެ. ގުޅުން ވަރުގަދަކުރުމެވެ. އެއިގެ އަނެއްކޮޅަށް ބަލައިފިނަމަ ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ ދެމަފިރިންގެ މަދުގައި މައްސަލަތައް ޖެހި ލޯބިކެނޑިގެންދިއުމެވެ. ދެމަފިރިންގެ ގުޅުން ކެނޑިގެން ދިއުމެވެ. ބޮޑު އިބިލީސް އެންމެ އުފާކުރާކަމަކީ ދެމަފިރިން ވަކިވުން ކަމުގައި ވެފައި އެއޮތީ މިސަބަބަށްޓަކައެވެ.
އަހުރެން ދެކޭ ގޮތުގައި ދެމަފިރިން އުފަލުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުމަކީ ދެމަފިރިންގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެހެނީ އެކަން ހިމެނިގެންވަނީ ސުވަރުގެ ހޯދަން ކުރާ އަޅުކަމުގެ ތެރެއިންނެވެ. އަދި އެއީ ސުވަރުގެ ލިބުމަށް މަގުފަހިވެގެންވެސްދާ ކަމެކެވެ.
- ޝައިޚް އަލާ އަލްސަޢީދުގެ ދަރުސަކުން
އަނބިމީހާ ފެނުމުން ނުވަތަ އަނބިމީހާއަށް ފިރިމީހާ ފެންނަތަނުން ރުޅިޢާދެވޭނަމަ އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެއް! މިމަގުން ޢަމަލުކުރީމާ ސަލާމަތްވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ