މުލަ މޯލްޑިވްސްގެ އެންމެ ފަހުގެ އުފެއްދުން ސަންސްކްރީން ސްޕްރޭ ނެރެފި

ދިވެހި ބްރޭންޑު މުލަ މޯލްޑިވްސްއިން އަވީގެ ރައްކާތެރިކަމަށް 'މުލަ އެސްޕީއެފް 30 ނޮން-އެރޯސޯލް މޮއިސްޗަރައިޒިން ސަންސްކްރީން ސްޕްރޭ' ތައާރަފް ކޮށްފި އެވެ.
މުލަ މޯލްޑިވްސްއަކީ 2020ގައި، މޫދާއި ސްކިންކެއާއަށް ލޯބިކުރާ ދެމަފިރިއަކު އުފެއްދި ތިމާވެއްޓާ ރައްޓެހި ބްރޭންޑެކެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އަވިން ރައްކާތެރިކޮށްދޭ ފެންވަރު ރަނގަޅު އުފެއްދުންތަކެއް، ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް އާއްމުންނަށް ފޯރުކޮށްދިނުމެވެ. މިކަމަށް ވިސްނައިގެން މުލައިން ބޭނުންވީ ކަނޑުގެ ދިރުންތަކަށާއި މުރަކައަށް ގެއްލުންހުރި ދެ ކެމިކަލެއް ކަމަށްވާ އޮކްސިބެންޒޯން އާއި އޮކްޓިނޮކްސެޓް ނުހުންނަ ބާވަތްތަކެއް ތައާރަފްކުރާށެވެ. 
މުލަ މޯލްޑިވްސްއިން ސަންކެއާގެ އިތުރުން ދަބަސް، ބީޗް ތުވާލި އަދި ސެންޓު ވެސް ވިއްކަ އެވެ.
މުލައިން އެންމެ ފަހުން ނެރުނު ސަންސްކްރީން ސްޕްރޭ އަކީ ފަސޭހައިން ބޭނުންކުރަން ފަރުމާކޮށްފައިވާ، ހަންގަނޑަށް ފައިދާހުރި ވިޓަމިން ސީ އާއި ކާށީގެ ފައިދާތައް އެކުލެވިގެންވާ، 'ބްރޯޑް-ސްޕެކްޓްރަމް' ފޯމިއުލާއެއް ހިމެނޭ ބާވަތެކެވެ. މި ސްޕްރޭއަކީ ބީއޯވީ (ބޭގް-އޮން-ވަލްވް) ޓެކްނޮލޮޖީގެ އެހީގައި ޕްރޮޕެލެންޓް އާއި ފޯމިއުލާއާ ވަކިކޮށް، 360 ޑިގްރީގައި ސްޕްރޭކޮށްލެވޭ ވައްތަރެކެވެ. އަދި އަލިފާން ރޯނުވާ އަދި 'ސްޓޯރޭޖް ރިސްކް'އެއް ނެތި މަތިންދާބޯޓުގައި ވެސް ގެންދެވޭނެ އުފެއްދުމެކެވެ.
ސަންސްކްރީން ސްޕްރޭ ތައާރަފު ކުރުމުގެ މުނާސަބަތުގައި 'ލައިފްސައިޒް' ފުޅިއެއް ވަނީ މާލެ އާއި ހުޅުމާލޭގައި މަގުމަތީ ދައްކާލައިފަ އެވެ. މުލަ މޯލްޑިވްސް އިން ބުނިގޮތުގައި އެންމެންނަށް ވެސް ފަސޭހައިން ބޭނުންކޮށްލަން ލިބޭނެ މި އުފެއްދުން އެހާ ތަފާތު ގޮތަކަށް ދައްކާލުމުން އާންމުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނެވެ.
މި ސަންސްކްރީން ސްޕްރޭ މިހާރު ވަނީ ވިއްކަން ފަށައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ