މެޑްރިޑް (ފެބްރުއަރީ 24) - ސްޕެނިޝް ލީގުގައި ޖިރޯނާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކުރިހޯދައި ލީގުގައި ރެއާލުން މުހިންމު މޮޅެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ރެއާލުން ކުޅުނު މެޗަށް ނުކުތީ އެ ޓީމުން އާންމުކޮށް ބޭނުންކުރާ ފުރަތަމަ އެގާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނަސްގެނެވެ. އެ ގޮތުން، އަނިޔާ އަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ޑިފެންޑަރު ޑޭވިޑް އަލަބާ އާއި ލޫކަސް ވަޒްކޭޒް ވަނީ މި މެޗުގައި ކުޅެފަ އެވެ. މީގެ އިތުރުން މިޑްފިލްޑަރު ބްރަހިމް ޑިއާޒް އާއި ކެޕްޓަން ލޫކާ މޮޑްރިޗަށް ވެސް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓްއަށްވެފައި ވަނިކޮށް ރެއާލަށް ލީޑު ނަގައިދިނީ ކެޕްޓަން މޮޑްރިޗް ކާމިޔާބުކުރި ހިތްގައުމު ގޯލަކުންނެވެ. މިއީ އޭރިއާ ބޭރުން ބޯޅަ ކޮންޓްރޯލްކޮށްފައި ވޮލީ އަކުން މޮޑްރިޗް ފޮނުވާލި ބޯލަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން އޭނާ ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ސީޒަނުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.
ރެއާލްގެ ދެ ވަނަ ގޯލު މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. މިއީ ކީލިއަން އެމްބާޕޭގެ އެހީތެރިކަމާއެކު ވިނީޝިއުސް ޖެހި ގޯލެކެވެ.
މި ނަތީޖާއާއެކު ރެއާލުން ލީގު ތާވަލުގެ ދެވަނައިގައި އޮތީ 25 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި ބާސެލޯނާވެސް އޮތީ މި އަދަދަށް ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 25 މެޗުން ލިބެނީ 53 ޕޮއިންޓް އެވެ.
މޮޑްރިޗްގެ ތަފާތު ގޯލަކާ އެކު ރެއާލުން ޖިރޯނާ ބަލިކޮށްފި މޮޑްރިޗްގެ ތަފާތު ގޯލަކާ އެކު ރެއާލުން ޖިރޯނާ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ