މިއުނިކް (ފެބްރުއަރީ 24) - ޖަރުމަނު ލީގުގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓް 4-0 އިން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބަޔާނަށް ވަނީ 23 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނަށް ވަނީ 23 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ފްރޭންކްފާޓަށް ވަނީ 23 މެޗުން 42 ޕޮއިންޓް ލިބިފަ އެެވެ.
ބަޔާންގެ ދަނޑުގައި އެ ޓީމުން ކުޅުނު މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މި ލަނޑު ކާމިޔާބުކުރީ މައިކަލް އޮލީސޭ އެވެ. މި ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ، ލެރޯއި ސާނޭ އެވެ.
ދެ ވަަނަ ހާފު ފަށައިގެން ކުޅުން އިތުރަށް ރަނގަޅުކުރި ބަޔާނުން ވަނީ 61 ވަނަ މިނިޓްގައި ދެ ވަނަ ގޯލެއް ޖަހައި ލީޑުފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ، ޖަޕާނުގެ ހިރޯކީ އީޓޯ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އީޓޯ ޖެހި ގޯލެކެވެ.
ބަޔާނުން ކާމިޔާބުކުރި ފަހު ދެ ގޯލު ޖެހީ، ފަހު 10 މިނިޓް ތެރޭގަ އެވެ. އެ ގޮތުން، ބަޔާނުގެ ތިން ވަނަ ގޯލު، މެޗުގެ 83 ވަަނަ މިނިޓްގައި ޖެހީ ޖަމާލް މުސިއާލާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ފަހު ގޯލު ޖެހީ، ސާޖް ގްނާބްރީ އެވެ. މިއީ، ކިންގްސްލީ ކޯމަން ކުރި އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގައި ގްނާބްރީ ޖެހި ލަނޑެކެވެ.
ފްރޭންކްފާޓް ބަލިކޮށް ބަޔާނަށް ލީގުގެ ކުރީގައި ބޮޑު ލީޑެއް ފްރޭންކްފާޓް ބަލިކޮށް ބަޔާނަށް ލީގުގެ ކުރީގައި ބޮޑު ލީޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ