އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި މިއަދު އޮތް ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އަދި އިތުރު 50 އެއްހާ މީހުންގެ ހެކިބަސް ނެގުން އެބައޮތް ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.
ހެކިބަސް ނަގާ ނިމުމުން ލަމްހާގެ ވަކީލު ވަނީ 100 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްދިނުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން ކުރިން ނިންމާފައިވާތީ އެ ސަބަބު އަދިވެސް އެގޮތަށް އޮތުމުން އޭނާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
ލަމްހާ ބަންދަށް ލުޔެއް ހޯދުމަށް އެދުނީ އޭނާގެ މައިބަދައިގެ ޑިސްކެއްގައި ރެނދެއްލާފައިވާތީ ބެޑް ރެސްޓް ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ބުނެ ޖަލުގައި އުޅޭއިރު ކުދިކުދިންނަންވެސް ކޮށްދޭނެ އެހީތެރިއަކު ނެތުމުން ކަމަށް ބުނެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފައެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނުހޯދާ ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުހޯދާ ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
ކޯޓުން ނިންމީ ލަމްހާގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ