ތިނަދޫ ސިޓީން ފެނިގެން މިދިޔައީ ވަރަށް ތަފާތު މަންޒަރެއް: ރައީސް

މިއަދު ތިނަދޫ ސިޓީން ފެނުނު މަންޒަރު ވަރަށް ތަފާތު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ފެނިގެން މިދިޔައީ ތިނަދޫ ރައްޔިތުން ޖޯޝާ ފޯރީގައި އިންތިޚާބު ކާމިޔާބުކުރުމަށް ނިކުމެ ތިބި މަންޒަރު ކަމަށް ރައިސް ވިދާޅުވިއެވެ.
ސަލާމްކުރަމުން އައިސް ހަރުގެ ފަހަނާޅާ އެތައް ހިސާބަކަށް ދިޔައިރުވެސް އެ އިހްސާސް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިރޭ ކެންޕެއިންއާއި ގުޅިވަޑައިގަތް ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މެންބަރު އަބްދުﷲ އަޚްމަދު ގުޅިވަޑައިގަތުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޖޭޕީގައި ހަރަކާތްތެރިވި އެތައް މެންބަރުންނެއް ގުޅިވަޑައިގެންފިކަމަށާއި، މިއީ މިކަމުންލިބޭ އިތުރު ޔަގީންކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޖަލްސާގެ ދެވަނަ ގޮނޑިބަރީގައި ތިއްބެވި ބޭފުޅުންނަކީ ހިޔާލުތަފާތުވިނަމަވެސް ހަމަ އެމްޑީޕީގެ މެންބަރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބޭފުޅުން މިއަދު ނިކުމެ އެތިއްބެވީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނާމާންކަމުން މި ޤައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ތިނަދޫ ސިޓީން ބޮޑު ތަފާތެއް ފެނިގެންދާނެ ކަން ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ