ފުލުހެއްގެ ކަރުގައި ހިފި މީހަކު ހައްޔަރުކޮށްފި

ފުލުހުންތަކަކަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފި މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ މައްސަލައިގައި ހައްޔަރުކުރީ އަލީ ޝަހީމް ނަމަކަށް ކިޔާ މީހެކެވެ.އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.ކޯޓު އަމުރުގައި ބުނީ ސީނަށް ދިޔަ ފުލުހުން ތައްޔާރުކުރި ހާދިސާ ރިޕޯޓަށް ބަލާއިރު ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށެވެ. މި ގޮތުން އޭނާ ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ