އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެމީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް، އިސްރާއީލުގެ ހަރުކަށި ވަޒަންވެރިންނާއި ސިފައިން ވަދެ ބަޑިޖަހައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި ކަމަށް މަންޒަރު ދުށް މީހުން ބުނެފިއެވެ.
އަލް-މުޣައްޔިރު އަވަށުގެ މީހެއް ކަމަށްވާ ކާޒިމް އަލް-ހާޖް އަހުމަދު ބުނީ، އިސްރާއީލުގެ ވަޒަންވެރިންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރަނީ ފަލަސްތީނު މީހުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން މިދިޔަ އޮކްޓޯބަރު މަހު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. އެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން ވަނީ 750 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ