ޕޭ ކޮމިޝަމުގެ އެސްޖީ ފައިޒަލް އިސްތިއުފާ ދެއްވައިފި

ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ -2018 ވަނަ އަހަރުން ފެށިގެން ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފައިޒަލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
ތަފްސީލް - ފައިޒަލް އެ ކޮމިޝަނުގެ މެންބަރަކަށް އައްޔަނު ކުރީ2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ފައިޒަލް ވަނީ ރައީސް އޮފީހުގެ އެކި މަގާމުތައް ވެސް ފުރުއްވައިފަ އެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް މިފަހުން ގެނައި ބައެއް އިސްލާހުތަކަށް ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި ޕޭ ކޮމިޝަނުގެ އެސްޖީ މަގާމުން އިސްތިއުފާ ދެއްވި އިރު އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ފާހަގަވި މައްސަލަތައް ހައްލު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ