އެއްވުމެއް ހިނގި ސަރަހައްދެއްގައި ފުލުހުން އެޅިފިޔަވަޅަކުން މީހަކަށް ގެއްލުންވިކަމަށް ބުނާ ވާހަކަތައް ފުލުހުންގެ ޚިދުމަތުން ދޮގުކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރެއްވީ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެއްވުމެއް ހިނގަމުންދިޔަ ސަރަޙައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާއި ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވަހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
ނަމަވެސް އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މިހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތްކަމަށާއި، ފަތުރާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާކަމަށެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން ފުލުހުންގެ ޚިދުމަތުން ވަނީ ދެއްވާފައެވެ.
ހަގީގަތާ ޚިލާފަށް ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ދަޢުލަތުގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށާއި، އެހެންކަމުން ސައްޙަކަން ކަށަވަރުކުރުމަށްފަހު މެނުވީ މަޢުލޫމާތު ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިދާރާތަކަށާއި މީޑިއާތަކުގެ އިތުރުން އާއްމު ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުން އެޅި ފިޔަވަޅަކުން މީހަކަށް ގެއްލުންވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ