ޓޫރިސްޓުން އިތުރުކުރުމާއި އޭވިއޭޝަން ކަނެކްޓިވިޓީ ރަނގަޅުކުރުމާ ގުޅޭގޮތުން، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންޖީއެޗްއޭއެމް) އިން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ. ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވޭނެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކެވިއެވެ.
މި މަޝްވަރާތަކުގައި އިންޓަނޭޝަނަލް ރޯޑް ޝޯތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ ހިއްސާކޮށްފައެވެ. އަދި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ގުޅިގެން މަސައްކަތް ކުރެވޭނެ އާ މަގުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އެސޯސިއޭޝަނުން އަލިއަޅުވާލިއެވެ.
މިދިޔަ މާޗް މަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާތީ، އެކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގައި ދެމިތިބޭނެ ކަމަށް އެންޖީއެޗްއޭއެމްއިން ވަނީ ބުންޏެވެ.
ޓޫރިސްޓުން އަންނަ އަދަދު އެއްލައްކައަށް އަރައި ޗައިނާއިން ރެކޯޑު ހަދައިފި ރެކޯޑު ދެ މަހަށް ފަހު ޓޫރިޒަމް ދަށަށް: މާޗު މަހު އައީ އެންމެ 161،259 ޓޫރިސްޓުން ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް އާ ލުއިތަކެއް ދެނީ ޓޫރިސްޓުން އަންނަ މިންވަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ