ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށް، ބަދަލުގައި އެހެން މެމްބަރުން އައްޔަނު ކުރެވިފައިވާކަން ރިޔާސަތުން އިއުލާނުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހާމަކުރައްވާފަ އެވެ.
އެ ގޮތުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ދިއްގަދު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ވަކިކުރައްވާފަ އެވެ.
ނާޒިމްގެ ބަދަލުގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް އައްޔަން ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މާލިއްޔަތު ކޮމިޓީއަށް އައްޔަން ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ.
އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުގެ ބަދަލުގައި އެ ކޮމިޓީއަށް ނާޒިމް ވަނީ އައްޔަން ކުރައްވާފަ އެވެ.
241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ