ޗައިނާގެ ސަންޔާގެ ހައިނާން އައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް 2026 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް ލިބިއްޖެ އެވެ.
މިމަހުގެ 22 ން 30 އަށް ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިގެންދިޔައި ބީޗް އެތްލެޓިކްސް ޓީމުގެ އަހްނާ ނިޒާރު އަދި ބީޗް ހޭންޑް ބޯޅަ ޓީމުގެ ޝަމްނޫޒް މުހައްމަދު ނައީމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހާމަކުރިގޮތުގައި ރަސްމީކޮށް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އަދި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ވަނީ މިދެ އެތްލީޓުންނާއި ގައުމީ ދިދަ ހަވާލުކޮށްފަ އެވެ. މިއީ ޓީމް މޯލްޑިވްސްއަށް ލިބިގެންދިޔަ ބޮޑު ފަހުރެއްކަން އެމްއޯސީން ފާހަގަކުރެއްވި އެވެ.
ދިދަ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން ޝަމްނޫޒް އަދި އަހްނާ--- ފޮޓޯ: އެމްއޯސީ މީޑިއާ
ދިދަ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން ޝަމްނޫޒް އަދި އަހްނާ--- ފޮޓޯ: އެމްއޯސީ މީޑިއާ
ދިދަ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން ޝަމްނޫޒް އަދި އަހްނާ--- ފޮޓޯ: އެމްއޯސީ މީޑިއާ
މި ލިބުނު ޝަރަފާ ގުޅިގެން ވާހަކަދައްކަމުން އަހްނާ ނިޒާރު ބުނީ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ފްލެގް ބެރިއާއަކަށް ވުމަކީ ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެވިފައި ހުރިއިރު މިފަހަރު ދިދަ ހިފަހައްޓާލަން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް އަހްނާ ބުންޏެވެ. އަދި އޭނާ ވަނީ މިފުރުސަތު ދެއްވީތީ އެމްއޯސީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.
"މިއީ އަޅުގަނޑު ވެސް ދުވަހަކުވެސް ހުވަފެނުން ވެސް ނުދެކޭވަރުގެ ޝަރަފެއް. އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންގެ ހުރިހާ ކުޅިވަރުތަކަކަށް ސަޕޯޓްކޮށްދިނުމަށް" އެމްއޯސީއަށް ޝުކުރުއަދާކުރަމުން ޝަމްނޫޒް ބުނެފައިވެ އެވެ.
އަދި އެއާއެކު މިޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް ލިބިގެންދިޔުމަކީ މުޅި ކުޅުދުއްފުއްޓަށް ވެސް ލިބިގެންދިޔަ ބޮޑު ފަހުރެކެވެ. އެންމެ ފުރަތަމަ މެޗުގައި ބީޗް ހޭންޑްބޯޅައިގައި ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދި މެޗުގައި 14 ޕޮއިންޓް ހޯދައިދީ އެންމެ މޮޅު ކުޅުމެއް ދެއްކި އެތްލީޓަކީ ވެސް ޝަމްނޫޒް ކަން ފާހަގަކޮށްލެވެ އެވެ.
އޭޝިއަން ބީޗް ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ކުޅުދުއްފުށީގެ ދެ އެތްލީޓުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ