ލިޓަން މަރާލިކަން ސާބިތުވެ ނިޒާމް އުމުރަށް ޖަލަށް

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން މަރާލިކަން ސާބިތުވެ، އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މުހައްމަދު ނިޒާމް އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ގދ.ތިނަދޫ / މަނާރު މުހައްމަދު ނިޒާމް އާއި ބަންގަލަދޭޝްގެ މުހައްމަދު ލިޓަން ދަތުރުކުރި ތެޔޮ ބޯޓް ގެއްލިގެން ރިޕޯޓްކުރީ 28 ޑިސެމްބަރު 2022ގަ އެވެ. ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން ތެޔޮ ބޯޓް ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތެވެ.
މި ދެމީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ނިޒާމް ކަމަށް ބެލެވޭ މީހަކު މާލެ މަގުމަތިން ފެނިފައިވާކަމަށް ބުނެ އާއްމު މީހަކު އާއްމުކުރި ފޮޓޯއަކާއި ގުޅިގެން، ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ނިޒާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އޭގެ ފަހުން ފައިސާގެ ބޭނުމުގެ ނިޒާމް ލިޓަން މަރާލައި ހަށިގަނޑު މޫދަށް އެއްލާލިކަމުގެ ތުހުމަތުކޮށް، ދައުލަތުން ދައުވާ އުފުލިއެވެ. ނިޒާމުގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ދައުވާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ.
މިދައުވާގެ އަޑުއެހުންތައް ނިންމައި، ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ ހަށިގަނޑު މިހާތަނަށް ފެނިފައިނުވިނަމަވެސް، ކުރެވުނު ތަހުގީގުން، ނިޒާމް، ލިޓަން މަރާލިކަން ސާބިތުވާކަމަށާއި އަދަބެއްގެ ގޮތުން އުމުރަށް ޖަލަށް ލުމަށް ހުކުމްކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ