ރަޖިސްޓްރީ ނުކޮށް، ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ކުދިން ނެގުމަށް އިޝްތިހާރު ކުރަމުންދާތީ އެކަމާ މެދު ސަމާލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، އެ ކޮލެޖް ހިންގަނީ 'އެސްއޭއެސް މެޑިކަލް ކޮލެޖް'ގެ ނަމުގަ އެވެ.
ތަފްސީލް - އެޑިއުކޭޝަނުން ބުނީ:
މި ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް
ރަޖިސްޓްރީކޮށްގެން ނޫނީ، ޔުނިވަސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ނޫނީ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ކުށެއް ކަމަށް
އެހެންވެ، އެކަމާ މެދު އާއްމުން ސަމާލުވުމަށް އިއުލާނުގައި ބުނެފައި ވެ އެވެ.
އެނގުން މުހިއްމު - އެ ކޮލެޖްގެ ވެބްސައިޓުގައި އެތަނުން ހިންގާ ކޯސްތައް އިޝްތިހާރު ކުރަނީ، ފަސޭހައިން ޑޮކްޓަރުކަން ކިޔަވާ ނިންމޭ ގޮތަށެވެ. އެގޮތުން، ތިން އަހަރާއި ފަސް އަހަރުން ވެސް އެމްބީބީއެސް ސެޓްފިކެޓް ލިބޭނެ ފަދަ ކޯސްތައް އިއުލާންކޮށްފައި ވެ އެވެ.
ކޮލެޖްގެ ފޮޓޯއެއް ވެސް އާއްމުކޮށްފައިވާއިރު، އެއީ ކޮން ރަށެއްގެ ކޮން ތަނެއް ކަމެއް ވެސް އެނގޭކަށް ނުހުރެ އެވެ. ބޮޑަށް ލަފާކުރެވެނީ އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް ކަމަށެވެ.
ރަޖިސްޓްރީ ނުކުރާ މެޑިކަލް ކޮލެޖެއް އިޝްތިހާރު ކުރާތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ