އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަންއަކު ހޮވުމަށް ބާޢްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ތަފްސީލް - މި އިންތިހާބުގައި ވޯޓު ލެވޭނީ، އެ ޕާޓީން ބުނި ގޮތުގައި، މިއަދުގެ ނިޔަލަށް ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންނަށެވެ. އިންތިހާބުގެ ވޯޓުލުން އޮންނާނީ 12 ޖޫންގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެވޭނީ އެ ޕާޓީގެ މެންބަރުންގެ ތެރެއިން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ ހުރިހާ ޝަރުތެއް ހަމަވާ މީހުންނަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އިތުރުން އަލްހާން ފަހުމީ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
މިވަގުތު އެ ޕާޓީގެ ވަގުތީ ޗެއާއެއްގެ ގޮތުގައި ހުންނެވީ އަބްދުލްގަފޫރު މޫސާ އެވެ. އެމްޑީޕީން ނިންމާފައި ވަނީ:
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ޗެއާޕާސަންކަން ހިމެނޭހެން އެމްޑީޕީގެ އެތެރޭގެ މަގާމުތަކުގެ އިންތިހާބު ބޭއްވުމަށް؛ އޭގެ ތެރޭގައި ގައުމީ މަޖިލީހުގެ މަގާމުތަކުގެ އިންތިހާބު ވެސް ހިމެނޭ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ