ވަޒީފާގެ މާހައުލުގައި ޖިންސީ ގޯނާކުރުން ހުއްޓުވަން އިސްލާހުތަކެއް ހުށަހަޅައިފި

އަލަށް ހުށަހެޅި އިސްލާހުގެ ދަށުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ޚިދުމަތެއްގެ މީހެއް ނަމަ، އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރި މަގާމެއްގައި ހުރި މީހަކަށްވީތީ، މައްސަލަ ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ފަރާތްތަކާމެދު ކޮމިޓީތަކުގެ ނިންމުންތަކާއި މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށެވެ.
މައްސަލަ ބަލައި ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، އިތުރު 30 ދުވަސް އިތުރުކުރުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮމިޓީން ނިންމާ ނިންމުންތައް ފަސް ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި ތަމްރީން ދިނުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ