ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މައުރޫފް

ސްޕޯޓްސް މިނިސްޓަރުގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް މައުރޫފް އަހުމަދު މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ މައުރޫފް އައްޔަންކޮށްފައިވަނީ ކުޅިވަރު ލާމަރުކަޒީ ކުރުމަށް މިނިސްޓަރަށް ހާއްސަ ލަފާދޭ އެޑްވައިޒަރުގެ މަގާމަށް ކަމަށެވެ.
ތަފްސީލް - މައުރޫފް ވަނީ ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕްގެ ދާއިރާ އިން އަދި ސްޕޮންސާޝިޕްގެ ދާއިރާ އިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވައިފަ އެވެ.
އެފްއޭއެމްގެ އެކި މަގާމުތައް ވެސް އަދާކުރައްވާފައިވާ މައުރޫފް ވަނީ މީގެ ކުރިން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ