ޖުޑީޝަލް ކައުންސިލް ގައި ސިޔާސީ ނުފޫޒެއް ނޯންނާނެ: ހުސްނީ މުބާރިކް

ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް މިހާރުގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެކުލަވާލެވޭ ޖުޑިޝަލް ކަައުންސިލް އެކުލަވާލެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސްނީ މުބާރިކު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޖޭއެސްސީގެ ރައީސް އަދި މަނަދޫ ދައިރާގެ މެންބަރު ދައްކަވަމުން ހުސްނީ މުބާރިކް ވިދާޅުވީ، ކުރީ ސަރުކާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމުން އިދާރީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށާއި، މިކަން ފަނޑިޔާރުންވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، މިބަދަލާއެކު، ބައެއް ކަންކަމުގައި، ޖޭއެސްސީ ކޯޓައް ހާޒިރުވާންޖެހުމާއިމެދު ސުވާލު އުފެދިފައިވާއިރު ބައެއް ކަންކަމުގައި ސީދާ ޑީޖޭއޭ ވަކި މުޢައްސަސާއެއް ނޫން ކަމުގައިވިއަސް ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށް ހުސްނީ މުބާރިކް ވިދާޅުވިއެވެ.
މިއާއި ޚިލާފަށް، މިހާރުގެ ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ގެންނަން މަސައްކަތްކުރާ ބަދަލު ގެންނަނީ، ފަނޑިޔާރުންގެ މަޝްވަރާއާއި، ޝަރުއީ ދާއިރާގެ ތަރުޖިބާކާރުންގެވެސް މަޝްވަރާއާ އެކު ކަމަށްވެސް ހުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ