ރޭ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އަނިޔާގެ ސަބަބުން ނޫން ކަމަށާއި އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށް ފުލުހުން މިއަދު ބުންޏެވެ.
ވީ ކިހިނެއް؟ - ރޭގެ މުޒާހަރާގައި ކަރަންޓު މުގުރު ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ ދައުރުވެފައިވެ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭ ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އަނިޔާވީ އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނާ ވާހަކަތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ:
އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތް
ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ
އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން ދެން
ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ބުނެ، ފުލުހުން ވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެއްވުން ކޮންޓްރޯލު ކުރުމަށް ބާރުގެ ބޭނުމެއް ނުކުރަން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ