އެމްޕީއެލްގެ އެމްޑީއަކަށް ހުސެއިން ޝަފީގް އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ. 
ވީ ކިހިނެއް؟ - ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީން މިއަދު އިއުލާންކުރި ގޮތުގައި އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި ސީއީއޯ އަދި އެމްޑީގެ މަގާމަށް އައްޔަންކޮށްފައި ވަނީ:
ދަފްތަރު ނަންބަރު ރސ. 2861، ހުސެއިން ޝަފީގް 
އޭނާގެ ފެންވަރަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ. 
އެނގުން މުހިންމު - އެޕްރީލް 4 އިންތިހާބުގެ ނަތީޖާއަށް ފަހު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުހައްމަދު ރިޝްވާން ވަނީ މަގާމުން ވަކިކޮށްފަ އެވެ. ރިޝްވާންގެ ކުރިން އެ މަގާމުގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އާއިލީ ގުޅުންތަކެއް އޮންނަ މުހައްމަދު ވަޖީހު އެވެ. 
އޭނާ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒާއި އަބްދުއްރަހީމްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފެބުރުއަރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ