ކަންކަން ކުރިމަތިވާނީ ޒަވާޖީ ޙަޔާތުގެ މައްސަލަތަކުން އެކަންޏެއް ނޫނެވެ. ދިރިއުޅެންކުރާ މަސައްކަތުގެ ތެރެއިންވެސް އަދި އެނޫން ގޮތަކުންވެސް ކިތަންމެ ބޮޑު މައްސަލައެއްވެސް ކުރިމަތިވެދާނެއެވެ. އެކަންކަމުން އަރައިނުގަނެވިދާނެކަން ޤަބޫލުކުރެވި ގޮތް ހުސްވާ ޙާލަތެއްވެސް ކުރިމަތިވެދާނެއެވެ. މިބުނެދެނީ އެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް އެކަމުން އަރައިގަނެވޭނެ ގޮތެވެ. އިން ޝާ ﷲ
ދިރިއުޅުމުގައި ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ދެން އެކަމަކުން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވޭ ޙާލަތުތައް ކުރިމަތިވެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން މީހާއަށް ވިސްނޭނީ ކުރިމަތިވެފައިވާ މައްސަލައިން ތިމާއަށް އަރައިނުގަނެވޭނެ ކަމަށެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތް ކަމަށެވެ.
މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ތައުބާވާށެވެ! ތިމާއަށް ބޮޑުފާފައެއް ކުރެވިފައިވީކަން ނުއެނގުނަސް މައްސަލައެއް ނެތެވެ. ތައުބާވާށެވެ. ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ.
އެންމެ ރަނގަޅު ގޮތަކީ ވުޟޫކޮށްލައި ދެރަކްޢަތް ނަމާދެއްކޮށް އެނަމާދުގެ ސަޖިދައިގައި ދުޢާކުރުމެވެ. އަދި ނަމާދުނިމިގެން ދެއަތް އުފުލައި ދުޢާކުރާށެވެ. ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރާށެވެ.
ކުރިމަތިވެފައިވާ މައްސަލަ ބަޔާންކުރާށެވެ! ﷲ ތަޢާލާ ފިޔަވައި އެކަންކަމުން ތިމާ ސަލާމަތް ކޮށްދެވޭނެ ފަރާތެއް ނެތްކަން ބަޔާންކުރާށެވެ! މިބަޔާންކުރި މަގުން ދުޢާކުރުމަށް އަދި އާދޭސް ދެންނެވުމަށް ވަކިބަހެއް ނެތެވެ. އެމީހަކަށް ފަސޭހަބަހަކުން ދުޢާކުރާށެވެ. ޙާލަތު ބަޔާންކުރާށެވެ.
އެއަށްފަހު ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ.
މިމަގުން ޢަމަލުކޮށްފި މީހަކަށް އެމީހަކަށް ކުރިމަތިވެފައިވާ މައްސަލަތަކުން ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިހާރު ތިބާއަށް ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތްކަމަށް ވިސްނި ގޮތްހުސްވެފައިވާ ޙާލަތެއް ކުރިމަތިވެއްޖެނަމަ ނިކަން މިގޮތަށް ކަންތައް ކޮށްބަލަ! ޙާލަތު ބަދަލުކުރައްވަވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ