ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އަގުތައް އާންމުކޮށްފި

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާރުޓީއެލް މަޝްރޫއުގެ ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގެ ރޫޓުތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށެވެ.ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް މިދިޔަ ހަފުތާގައި ފަށައި ވަނީ އެއް ހަފުތާއެއް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައެވެ.އެމްޓީސީސީން ބުނީ އަގު ނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ