ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި އިޓަލީގެ އިންޓަ މިލާނުން ޖާގަ ހޯދައިފި އެވެ.
ގްރޫޕް އީގައި އިންޓަ އިން ވަނީ ފަހު މެޗުގައި ރޭ އާޖެންޓީނާގެ ރިވަ ޕްލޭޓް އަތުން 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އިންޓަގެ ގޯލުތައް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެއިރު، ރިވަ ޕްލޭޓުން ކުޅެމުންދިޔައީ ކުޅުންތެރިއަކު މަދުކޮށެވެ. ރިވަ ޕްލޭޓްގެ ލޫކަސް މާޓިނޭޒް ކުއާޓާ، މެޗުގެ 65 ވަނަ މިނިޓްގައި އިންޓަގެ ހެންރިކް މިކިތާރްޔާން އަށް ކުރި ފައުލަަށް ދެއްކީ ސީދާ ރަތް ކާޑެކެެވެ. އޭގެ ހަ މިނިޓް ފަހުން، އިންޓަ އިން ލީޑުނެގީ، ފްރަންސެސްކޯ ޕިއޯ އެސްޕޮސީޓޯ އެވެ.
އިންޓަ އިން ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި، އޭރިއާބޭރުން އަލެސަންޑްރޯ ބަސްޓޯނީ އެވެ. ތިން މެޗުން ހަތް ޕޮއިންޓާ އެކު، އިންޓަ ގަދަ 16 އަށް ދިޔައީ ގްރޫޕްގެ އެއް ވަނައިގަ އެވެ. އެ ޓީމުން ދެ ވަނަ ބުރުގައި ކުޅޭނީ ބްރެޒިލްގެ ފްލުމިނެންސޭއާ އެވެ.
މި ގްރޫޕްގެ ދެ ވަނަ ދިޔައީ، ސާޖިއޯ ރާމޯސްގެ ކެޕްޓަންކަމުގައި ކުޅޭ މެކްސިކޯގެ މޮންޓެރޭ އެެވެ. މޮންޓެރޭ އިން ވަނީ ފަހު މެޗުގައި، 4-0 އިން ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް ބަލިކޮށްފަ އެވެ. މޮންޓެރޭ އިން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޑޯޓްމަންޑާ އެވެ.
ގްރޫޕް އެފްގައި ރޭ ކުޅުނު ފަހު މެޗުގައި ޑޯޓްމަންޑުން 1-0 އިން ކޮރެއާގެ އުލްސާން އެޗްޑީ ބަލިކޮށް ގްރޫޕް އެއް ވަނަ ހޯދިއިރު، މޮޅުވި ލަނޑު ޖެހީ، 36 ވަނަ މިނިޓްގައި ޑެނިއަލް ސްވެންސަން އެވެ. މި ގްރޫޕްގެ އަނެއް މެޗުން، ދެކުނު އެފްރިކާގެ މަމެލޮޑީ ސަންޑައުންސްއާ ކުޅެގެން، ފްލުމިނެންސޭ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.
އިންޓަ އާއި ޑޯޓްމަންޑުން ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައިފި އިންޓަ އާއި ޑޯޓްމަންޑުން ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ