އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް: ރާއްޖެ އާއި މިޔަންމާ އަދި އަފްގާނިސްތާން އެއް ގްރޫޕަކަށް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް: ރާއްޖެ އާއި މިޔަންމާ އަދި އަފްގާނިސްތާން އެއް ގްރޫޕަކަށް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ އަދި އަފްގާނިސްތާން އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ ކޮލިފައިން މެޗުތައް އޮތީ މިޔަންމާގަ އެވެ. އަދި، މެޗުތައް ޝެޑިއުލްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14-24 އާ ދެމެދަށެވެ.
މިޔަންމާ އާއި އަފްގާނިސްތާނަކީ ވެސް ފުޓްސަލް ރޭންކިންގައި ރާއްޖެ އަށް ވުރެ ކުރީގައި އޮތް ދެ ގައުމެވެ.
އަންނަ އަހަރު މެއި މަހު ބާއްވާ ފުޓްސަލް އޭޝިއަން ކަޕްގެ ހޯސްްޓްގެ ގޮތުގައި އިންޑޮނޭޝިއާ އަށް މުބާރާތުން ޖާގަ ލިބިފައިވާއިރު، ބާކީ 15 ޖާގަ ކަނޑައެޅިގެންދާނީ ކޮލިފައިން އަށް ގްރޫޕުންނެވެ. އެ ގޮތުން، ކޮލިފައިން އަށް ގްރޫޕްގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ އެއް ވަަނަ އަށް ދާ ޓީމަކަށް މުބާރާތުން ޖާގަ ލިބޭއިރު، ދެ ވަނަ އަށް ދާ އަށް ޓީމުގެ ތެރެއިން، ހަތް ޓީމަކަށް މުބާރާތުން ޖާގަ ލިބޭނެ އެވެ.
އެންމެ ފަހުން ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 106 ވަނައިގަ އެވެ. އޭޝިއާގެ 26 ވަނަ އެވެ. އެއީ، ދެކުނު އޭޝިއާ ސަހަރައްދަށް ބަލާއިރު އެއް ވަނަ އެވެ. އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ދެން މި ފަހަރު ކޮލިފައިންގައި ކުޅޭ ޕާކިސްތާން އާއި ބަންގްލަދޭޝް އަދި ރޭންކްކޮށްފައެއް ނުވެ އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
ރާއްޖޭގެ ފުޓްސަލް ޓީމަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާއިރު، އެންމެ ބޮޑަށް ދިމާވަނީ، ރާއްޖޭގައި އާޓިފިޝަލް ޓާފުގައި ޕްރެކްޓިސް ކޮށްފައި މުބާރާތުގައި، އިންޑޯގައި ކުޅެން ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ