ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "ހަމަމަގު" އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި 678 ބިދޭސީން ފާސްކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ އޮޕަރޭޝަންގައި ވިސާ ނެތް 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވަމުން އައި 75 މީހަކަށް ވަނީ ނޯޓިސް ދީފަ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެންނާނެ ކަމަށެވެ.
އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، އަހްމަދު ފަސީހް އާއި ޑެޕިއުޓީ ކޮންޓްރޯލާ ވެސް ބައިވެރިވި އެވެ.
އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.
އައްޑޫގައި ހިންގި އޮޕަރޭޝަން ހަމަމަގު؛ ގަވާއިދާ ހިލާފު 83 ބިދޭސީން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ