އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ވާއިދާ ޚިލާފަށްއުޅުނު 83 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "އޮޕަރޭޝަން ހަމަ މަގު" ގެ ދަށުން އައްޑޫ ސިޓީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 83 ބިދޭސީން ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބުދަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވިއެވެ. މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ވަނީ ބަލައި ފާސްކޮށްފައެވެ.
މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަސީހާއި އެ އިދާރާގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، އިމިގްރޭޝަނުން ވަނީ މިފަދަ އޮޕަރޭޝަންތައް އިތުރު ކުރުމަށް ނިންމާފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ