ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެ ކުއްޖެއްގެ ހާލު ދެރަ، ޕްރިންސިޕަލާ ޓީޗަރަކަށް އަނިޔާ

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގ ދެ ކުއްޖަކާއި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ކަސްރަތަށް ނިކުމެ އުޅުނު ދެ މީހެއްވެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްވީ ސައިކަލު ދުއްވީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. ސައިކަލު ފަހަތުއި އިނީ ވެސް ކުއްޖެެކެވެ.
އެންމެ ބޮޑަށް އަނިޔާވެ ހާލު ދެރައީ ވެސް އެ ދެ ކުދީންނެވެ.
ސައިކަލުން ޖެހި އަނިޔާވީ ކަސްރަތަށް ނިކުމެ އުޅުނު އެ ރަށު ސުކޫލުގެ ޕްރިންސިޕަލާއި ޓީޗަރަކަށެވެ. އެ ދެ މީހުންގެ ހާލު ސްޓޭބަލް އެވެ.
މި އެންމެން ވެސް ވަނީ އިތުރު ފަރުވާއަށް އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ