އެމްއޭސީއެލްއިން އެއިމްގެ ސެޓްފިކެޓު ތިނެއް ތައާރަފްކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް) ގެ ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް (އީ.އެސް.އެސް) އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި، އެކަމަށްޓަކައި އީ.އެސް.އެސްގެ މުޅި ޓީމަށް ޝުކުރާއި މަރްޙާބާ ދަންނަވާ ކަމަށެވެ. އަދި ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، މީގެ ސަބަބުން މުޅި އެއަރޕޯޓަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ސީ.އީ.އޯ ޝަރީފް ފާހަގަކުރެއްވި އެވެ. ޝަރީފް ވިދާޅުވީ އަހުލާގާއި އިހުތިރާމާއި ގާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީއެސްއެސް ކަމަށާއި އެއީ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖ ކަމަށެވެ. އަދި އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެ ކުންފުނިން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.މި ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން، އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ އާދަމް ނަސީރު ވިދާޅުވީ، މުސްތަގުބަލުގައި އެއިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ރާވާފައިވާ ކަމަށާއި، ތަޢުލީމީ ގޮތުން އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަކީ ޤާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށް ދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.މި ރަސްމިއްޔާތުގައި އެމް.ކިއު.އޭގެ އެޕްރޫވަލް ސެޓްފިކެޓް، އެއިމްގެ ފަރާތުން ސީ.އީ.އޯ ޝަރީފަށް ވަނީ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ