ކަރަންޓް ގޮސްގެން މިއަދު ކުރިއަށްގެންދަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
ޖަލްސާ ފެށިތަނާހެން މަޖިލީހުގެ ތެރެއިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. މިއަދުގެ މަޖިލީހުެގ ޖަލްސާ ފަށާފައިވަނީ 9 ޖެހިއިރުއެވެ. ޖަލްސާ ކުރިއަށްގެްނދެވުނީ 24 ވަރަކަށް މިނެޓަށެވެ. ކަރަންޓް ދިއުމާ ގުޅިގެން ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑާލިކަން އިއުލާނުކޮށްފައެވެ.
މިއަދުގެ މަޖިލީހުގެ އެޖެންޑާގައި އެންމެ ފާހަގަކުރެވޭ ކަމަކަށް އޮތީ، އިންޝިއުރަންސް ބިލަށް މާލިއްޔަތު ކޮމިޓީން ނިންމެވިގޮތަށް ބަހުސް ކުރުމެވެ. ކަރަންޓް ކަނޑައިގެން ދިޔައީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ވާހަކަފުޅު ދައްކަވަނިކޮސެވެ..
އިތުރު ތަފްސީލް އަންނަނީ
ކަރަންޓް ދިއުމުގެ ސަބަބުން މަޖިލީސް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ