އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ހަދިޔާކޮށްފި އެވެ.
މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެވެ. އިންޑިއާގެ ފަރާތުން ހަދިޔާ ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މިކަމަށްޓަކައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ބޮޑުވަޒީރު މޯދީ މިއަދު މި ކުރެއްވި ހަދިޔާ ރަމްޒުކޮށްދެނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް އިންޑިއާއިން މެދު ނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަން ކަމަށް ސަރުކާރުން ބުނެ އެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޓް އޮފް ދި އާޓް "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީ ކުރި މީގެ ފުރަތަމަ ކިއުބެވެ. މި ހެލްތު ކިއުބްގައި އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރާއި ޕަވާ ޖަނަރޭޓަރާއި ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެ އެވެ.
ކާރިސީ ވަގުތުތަކުގައި، ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް، އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ، މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ، އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.
އިންޑިއާއިން ހަދިޔާކުރާ މި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސްއިންނެވެ.
އިންޑިއާގެ އެހީގައި އެންމެ ޒަމާނީ ދެ މެޑިކަލް ކިއުބު ހަދިޔާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ