މިނިވަން ދުވަހުގެ މުނާސަބަތުގައި މަގުމަތީ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން މަލޭގައި ހަވީރު ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާން މިއަދު ބާތިލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާންގައިވާ ގޮތުން މިއަދު މެންދުރު 3 އިން ފެށިގެން އިރުއޮއްސި 6:30އަށް މާލޭގެ މަގުމަތަކުގައި ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން މަނާ ކުރި އެވެ. އެ އިއުލާން ބާތިލުކޮށްފައި މިވަނީ، އެކަމަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ.
ތަފްސީލު - މިއަދު މެންދުރު 2:29ގައި އެ މިނިސްޓްރީން އެ ގެޒެޓްގައި އެ އިއުލާން ބާތިލު ކުރި ކަމުގެ ނޯޓިސް ވަނީ އަރުވައިފަ އެވެ. އަދި އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ:
އެ އިއުލާން ބާތިލުކުރިނަވެސް، ފުލުހުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވުން އަދިވެސް މަނާވާނެ ކަމަށެވެ.
އެއާ އެކު އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް، ފުލުހުން ވެސް އެކްސްގައި ޕޯސްޓެއްކޮށްފައިވެ އެވެ.
"2025 ޖުލައި 26 ވަނަ ދުވަހު [މިއަދު] 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އިސްވެދެންނެވުނު ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމުގައި ދަންނަވަމެވެ." ފުލުހުން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
މިއަދު އުޅަނދު ދުއްވުން މަނާ ކުރުމުގެ އިއުލާން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ