މިރޭގެ ރަސްމިއްޔާތު ބަލަން މާލެ ސަރަހައްދާއި އައްޑޫގައި ޕްލެޓްފޯމުތަކެއް

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލެ، ހުޅުމާލެ އާއި ވިލިމާލެ އަދި އައްޑޫގައި ޖުމްލަ އަށް ތަނެއްގައި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ނުވަ އަހަރުގެ އިންތިޒާރަކަށް ފަހު، ވީއައިއޭގެ އާ ޓާމިނަލް މިރޭ ހުޅުވާއިރު އެމްއޭސީއެލްއިން ދަނީ ކުލަ ގަދަ ރަސްމިއްޔާތަކަށް ތައްޔާރުވަމުންނެވެ.
ބުނީ ކީކޭ؟ - އެމްއޭސީއެލްއިން ބުނީ އެ އަށް ތަނުގައި މި ތާރީހީ ރަސްމިއްޔާތު ބެލުމަށް އާންމުންނަށް ދައުވަތު އަރުވާ ކަމަށެވެ.
އެގޮތުން:
މާލެއިން: އާޓިފިޝަލް ބީޗް، ރާޅުގަނޑު ބްރިޖުވިއު ޕްލެޓްފޯމު، ލޮނުޒިޔާރަތް ޕާކް ބީޗް ސަރަހައްދު އަދި ރަސްފަންނު
ހުޅުމާލެ: ސެންޓްރަލް ޕާކް އަދި ފޭސް2 ހިޔާ ޕާކް
ވިލިމާލެ: ފެރީ ޓާމިނަލް
އައްޑޫ: ފޭދޫ ބަނދަރުމަތި
ފާޙަގަކޮށްލެވޭ ކަމެއް - މިރޭގެ ރަސްމިއްޔާތު ކުލަގަދަކުރުމަށްޓަކައި މާލެ ސަރަހައްދު ވަށައިގެން ކަނޑުގެ 16 ތަނެއްގައި 6 މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ އިތުރުން، 1،000 ޑްރޯން ހިމެނޭ ޑޮރޯން ޝޯއެއް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ