މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނުވެސް ވަނީ ހުދު ސަމާލް ނެރެފައެވެ. އެފަހަރު ހުދު ސަމާލް ނެރެފައިވަނީ، މިއަދު ހަވީރު ފަހެއް ޖެހުމާ ހަމަޔަށް މުޅި ރާއްޖެއަށެވެ. .މެޓް އޮފީހުން މިފަހަރު ހުދު ސަމާލު ނެރެފައިވަނީ، ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 22:30 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރުމާއިއެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އެ ވަގުތުތަކުގައި ކަނޑުވެސް ގަދަވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީވެ، ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އެދިފައެވެ. ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ